The Maldivian Platform for Translations of the Sunnah
ސުންނަތުގެ ތަރުޖަމާ މަންސަ
- In the Name of Allah, Ar-Rahman, Ar-Raheem -
- ﷲ، އައްރަޙްމާން، އައްރަޙީމުގެ އިސްމުފުޅުން ފަށައިގަންނަމެވެ -
ޙަދީޘްއެމްވީ މަޝްރޫއަކީ އިސްލާމީ ދިވެހި މުޖުތަމައަށް ވީހާވެސް ފަސޭހަ ކަމާއިއެކު ރަސޫލު ﷲ ﷺ ގެ ޙަދީޘްފުޅުތަަކުގެ މާނަ އުނގަންނައިދީ ފޯރުކޮށްދިނުމަށް ޓަކައި ޒަމާނީ ވަސީލަތެއް ގާއިމު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މި މަޝްރޫއު ފުރިހަމަ ވުމުން ގިނަ އަދަދެއްގެ ޙަދީޘް ދިވެހި ބަހުން ފަސޭހައިން އެއްތަނަކުން ލިބެން ހުންނާނެއެވެ. އިން ޝާއަ ﷲ. އަދި އެހެނިހެން އިސްލާމީ ލިޔުންތައް އެކުލަވާލާ ގެނެސްދިނުމުގެ އިތުރުން، ބޭނުން ކުރާ ބަޔަކަށް ފައިދާކުރާނެ އާލަތްތަކައި މައުލޫމާތު ވެސް ފޯރުކޮށްދެވޭތޯ އެބަ މަސައްކަތް ކުރަމެވެ.
އަޅުގަނޑުމެންނަށް ޓަކައި ޓެކްނޮލޮޖީގެ ހިދުމަތް ލައްވައި، އޭގެ ބޭނުން ކުރެވޭނެ ގޮތް މިންވަރު ކުރެއްވީ ﷲ އެވެ. ޙަދީޘްއެމްވީގެ އަމާޒަކީ ގިނަގުނަ ބޭނުން ހިފޭ، ބޭނުން ކުރަން ފަސޭހަ ހިދުމަތެއް އެންމެންނަށް ފޯރުކޮށް ދިނުމެވެ. އަދި ގެންގުޅޭ ވަސީލަތްތަކާއި ސެޓިންގްތައް ތަފާތު ވިޔެއްކަމަކު، ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ހިތްގައިމު މާހައުލެއް ގާއިމު ކޮށްދިނުމެވެ. ޙަދީޘްއެމްވީ ފަރުމާ ކުރެވިފައި ވަނީ ފޯނަށް އަހައްމިއްޔަތުކަން ދެވި، ޖާގައަށް ބުރަ ނުވާ ގޮތަށެވެ. މި ވަގުތު ވެބް، އެންޑުރޮއިޑް އަދި ވިންޑޯސްގެ ވަސީލަތްތަކުގައި ބޭނުން ކުރެވޭނެއެވެ.
ގެންގުޅޭ ވަސީލަތްތަކާއި، އުޅޭ ތަނާއި، އުމުރާއި، ބަސް އެނގެނުމާއި، ތަނަވަސްކަން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައް ފަހަނައަޅައި، ރަސޫލު ﷲ ﷺ ގެ ޙަދީޘްފުޅުތައް އެންމެހައި ދިވެހިންނަށް ހަމައަށް ފޯރުކޮށްދިނުމެވެ. އަދި މި ޒަމާނަކީ ފޮތްތަކަށް ވުރެ ބޮޑަށް ފޯނާއި ކޮމްޕިޔުޓަރ ފަދަ ވަސީލަތްތަކަށް ދިވެހިން އަހުލުވެރި ވެފައިވާ ޒަމާނެއް ކަމުން، އަދުގެ ޓެކްނޮލަޖީގެ ޒަރިއްޔާއިން ސުންނަތް ފަތުރައި އެއާ އެއްގޮތަށް އުޅުމުގެ ލޯބި ހިތްތަކުގައި ޖެއްސުމެވެ. އެ ގޮތުން އެއް ޑޭޓާބޭސެއް، ތަފާތު މަންސަތަކުން ލިބެން ހުންނާނެއެވެ.
މި ކުޑަކުޑަ މުޖުތަމައުގެ ގިނަ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ މީސްތަކުން އިސްލާމް ދީނަށް ރަނގަޅަށް އަހުލުވެރި ވެފައި ނުވުމެވެ. ވީމާ މި ކަމަށް ހައްލެއް ގެނައުމަށް ޓަކައި އަމިއްލައަށް އިސްލާމީ މައުލޫމާތު ބަލައި ހޯދޭނެ ފަސޭހަ މަގެއް މީސްތަކުންނަށް ތަނަވަސްވެފައި އޮތުން މުހިއްމެވެ. ހަމަ އެހެންމެ، މުދައްރިސުންނާއި ދަރިވަރުން މި މަސްދަރުތަކުގެ ބޭނުން ހިފައި، އެއް ޙަދީޘްތަކެއް ތަކުރާރުކޮށް ތަރުޖަމާ ކުރުމުގެ ބުރައިން ސަލާމަތް ވެގެން ދާނެއެވެ. އެ ގޮތުން އެއް ފަހަރު ލިޔުމަށް ފަހު، ބޭނުން އިރަކު ތަރުޖަމާ ހޯދޭނެއެވެ.
For more queries, read our FAQ section | For a list of participants, get to know our contributors
If you find a mistake, or have a suggestion, or want to help with this project, feel free to contact us
Subscribe: Facebook | Viber | Telegram | Instagram | Twitter
Get the Hadithmv app: Web | Android | Windows
- Back to the Main Page -